27 Mar 2012, 14:56
ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ފޯރިގަދަ ދެ މެޗެއް ކުޅޭނެ އެވެ. އެގޮތުން މިރޭ ރާއްޖެ ގަޑިން 11:45 ގައި ކުޅޭ މެޗުތަކުގައި ބައްދަލުކުރާ ޓީމް ތަކަކީ، ބެންފީކާ އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗާއި، ނިކޯސީއާގެ ދަނޑުގައި އަޕޮއެލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗެވެ.
ރިއާލް މެޑްރިޑް މިރޭ އަޕޮއެލްއާ ދެކޮލަށް ނިކުނައިރު، ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަދި އަޕޮއެލްއާ މިރޭގެ މެޗަށް ނިކުންނަނީ ގްރޫޕް ޖީގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ.
އަދި ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލްގައި މިރޭ ބެންފީކާ އާއި ދެކޮޅަށް ޗެލްސީ ނިކުނައިރު، ޗެލްސީ ވަނީ ލީގުގެ ގުރޫޕް ސްޓޭޖުން އެއް ވަނަ ހޯދައިފައެވެ. އަދި ބެނިފިކާވެސް މިރޭގެ މެޗާ ކުރިމަތިލަނީ ގްރޫޕް ސީ ގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ.
ލީގުގައި މިރޭ ކުޅޭ ދެ މެޗުގެ އިތުރުން، މާދަމާރޭ ކުޅޭ މެޗުތަކަށް ބަލާއިރު، މާދަމާރޭ ވެސް ވަނީ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައެވެ. އެގޮތުން މާދަމާ ރޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 11:45 ގައެވެ.
މާދަމާ ރޭގެ ފުރަތަމަ މެޗުގައި މާސޭ އާއި ބަޔާން މިއުނިކް ނިކުނައިރު، ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އޭސީ މިލާނާއި ބާސެލޯނާ އެވެ.