ދަރިވަރަކަށް އެއް ޖިންސުން ޖިންސީ ގޯނާކުރި ކަމުގެ މައްސަލާގައި އިސްކަންދަރު ޓީޗަރެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 15 އަހަރުގެ ފިިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން 52 އަހަރުގެ އިންޑިއާ ފިރިހެނަކު މިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ހަމަ އެދުވަހު ކޯޓަށް ހާޒިރުކޮށްފައިވާކަމަށެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުން ބުންޏެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެއެވެ.