ނިއުޒިލޭންޑްގެ އުފެއްދުމެއް ކަމަށްވާ ދުނިޔޭގެ އެންމެ ފުރަތަމަ ހައިޑްރޮފޮއިލް އީ-ބައިކް، ނުވަތަ ތިމާވެއްޓާ ރައްޓެހި، މޫދުގައި ދުއްވާ ބައިސްކަލުތަކެއް ނ. އަތޮޅުގައި ހިންގާ ސިޔާމް ވޯލްޑަށް ގެންގޮސްފިއެވެ.

'މަންޓާ 5 ހައިޑްރޮފޮއިލާ އެކްސްއީ-1' ބައިސްކަލުތަކަކީ އެމެރިކާގެ ކަޕް ޔޮޓާ އެއްފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ ގަޑިއަކު 11 މޭލާ ހަމައަށް ސްޕީޑް ބާރުކުރުމުގެ ގާބިލްކަން ލިބިފައިވާ އެމިޝަން ފްރީ ބައިސްކަލުތަކެކެވެ.

މީގެ އިތުރުން އެ ރިސޯޓުން ވަނީ ދާދި ފަހުން 'ސީ ބްރީޗާސް' ކިޔާ ސެމީ ސަބްމެރިން އުޅަނދެއް ވެސް ގެނެސްފައެވެ.

'ސީ ބްރީޗާސް' ކިޔާ ސެމީ ސަބްމެރިން އުޅަނދެއް ސިޔާމް ވޯލްޑްގައި--- ފޮޓޯ/ ސިޔާމް ވޯލްޑް

ސިޔާމް ވޯލްޑަކީ ސަން ސިޔާމް ރިސޯޓްސް އިން ހުޅުވާފައިވާ ފަސް ތަރީގެ ޚިދުމަތް ލިބިގެންދާ ރިސޯޓެކެވެ. މިދިޔަ އަހަރު ހުޅުވި އެ ރިސޯޓަކީ އިންޑިއާ ކަނޑުގެ އެންމެ ބޮޑު ފްލޯޓިން ވޯޓާ ޕާކް ހިމެނޭ ރިސޯޓެވެ.

އެ ރިސޯޓުން ފަތުރުވެރިންނަށް މުޅިން އާ ފެންވަރެއްގައި ޚިދުމަތް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު ސިޔާމް ވޯލްޑަކީ ހުރިހާ ބާވަތެއްގެ ފަތުރުވެރިންގެ ބޭނުންތަކަށް ޚިދުމަތް ލިބޭ ފަހި މާހައުލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.