25 Jul 2010, 14:46
19:00
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސަންއެފްއެމުން ޚާއްސަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ހަމަޖައްސައިފި އެވެ.
ސަންއެފްއެމުން ބުނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ގެނެސްދޭ ޚާއްސަ ޕްރޮގްރާމް ތަކުގެ ތެރޭގައި ހެނދުނު 7:00 ން 9:00 އަށް ގެނެސްދޭ "އާފެށުމެއް -މިނިވަން ދުވަސް ޚާއްސަ" މި ޕްރޮގްރާމް ހިމެނޭ ކަމަށެވެ. ސަންއެފްއެމްގެ އެހުންތެރިންގެ މެދުގައި އެންމެ މަގްބޫލް އެއް ޕްރޮގްރާމް ކަމަށްވާ އާފެށުމެއް ޕްރޮގްރާމްގެ މާދަމާގެ ޝޯ ހުށަހަޅުއްވާދެއްވާނީ ސިނާން އަލީ އާއި މުހައްމަދު ޝަހީބު އަދި ފަރެސް މުހައްމަދު އާމިރު ކަމަށް ސަންއެފްއެމް ޕްރޮގްރާމް ޑިޕާޓްމަންޓުން ބުނެ އެވެ.
މި ޕްރޮގްރާމަށްފަހު ދެން ސަންއެފްއެމުން ފޮނުވާނީ އެއް ގަޑިއިރުގެ ޚާއްސަ ޕްރޮގްރާމް "މިނިވަންދުވަހުގެ ތަހްނިޔާ" އެވެ. އަދި ހަމަ އެއާއެކު ސަންއެފްއެމްގެ ސްކޫލް ކްލަބްގެ ދަރިވަރުން ހުށަހަޅައިދޭ "މިނިވަން ހަވީރު" ޕްރޮގްރާމާއި “ނޫސްތަކުގެ ސުރުހީތަކުން - މިނިވަން ދުވަސް” މި ދެ ޕްރޮގްރާމް ވެސް މާދަމާގެ ޚާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސަންއެފްއެމް ޕްރޮގްރާމް ޑިޕާޓްމަންޓުން ބުނެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ސަން އެފްއެމުން ގެނެސްދޭ އެންމެ ހާއްސަ ޕްރޮގްރާމަކީ މާދަމާ ރޭ 8.30 އިން ފެށިގެން 12 އާ ހަމައަށް ގެނެސްދޭ "މިނިވަންކަމުގެ ހިޔަލުގައި" މި ޕްރޮގްރާމެވެ.
މުހައްމަދު ޝަހީބާއި ފަރެސް މުހައްމަދު އާމިރާއި އާދަމް ހަލީމް ހުށަހަޅުއްވައިދޭ މި ޕްރޮގްރާމްގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ގައުމުގެ ވަރަށް އިއްޒަތްތެރި ތިން ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަންއެފްއެމް ޕްރޮގްރާމް ޑިޕާޓްމަންޓުން ބުނެ އެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި، މިނިވަންކަމުގެ އެގްރިމަންޓާ ބެހޭ ގޮތުންނާއި، މިނިވަންކަމުގެ 45 އަހަރުގެ މައްޗަށް، ވަރަށް އިލްމީ ފެންވަރެއްގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.