އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ގއ. ދާންދޫ، މުލަންމާގޭ ޣާލިބް ސަލީމް އައްޔަނުކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ގާލިބް އައްޔަނުކޮށްފައިވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ. އަދި އޭނާ އެ މަގާމަށް އައްޔަނު ކުރީ އިއްޔެއެވެ.

އެ މަގާމުގެ މުސާރައަކީ އެލަވަންސްތަކާއެކު، 25،000 ރުފިޔާއެވެ.

ޣާލިބަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އެންމެ ފަހުން އޮތް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެންޕޭނުގައި ވެސް ހަރަކާތްތެރިވެފައެވެ.