21 Jul 2022, 11:45
އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ސަރުކާރު ބަންދު ކުރަން ނިންމައި، މިނިވަން ދުވަހާ ގުޅިގެން ފަސް ދުވަހުގެ ޗުއްޓީއެއް ސަރުކާރު މުވައްޒަފުންނަށް ދިނުމަށް ނިންމައިފިއެވެ.
ކުރިން އޮތް ގޮތުން މިނިވަން ދުވަހާ ގުޅިގެން ބަންދު ވާނީ ޖުލައި 26 އަދި 27 އެވެ. އެއީ އަންގާރަ ދުވަހާއި ބުދަ ދުވަހެވެ.
އެ ދެ ދުވަހަށް ފަހު ބުރާސްފަތި ދުވަހު ސަރުކާރު ހުޅުވުމަށްފަހު ދެން އޮންނަނީ ހުކުރު އަދި ހޮނިހިރެވެ. އެއީ ސަރުކާރު ބަންދު ދެ ދުވަހެވެ.
އެހެންކަމުން އެ ދެމެދަށް އަންނަ 28 ވަނަ ދުވަސް ބަންދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ސަރުކާރު ބަންދުކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފައެވެ.
މިނިވަންދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31ވާ އާދީއްތަ ދުވަހުގައެވެ.