27 Mar 2012, 11:39
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 38 މީހަކު ޗެކްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކު މަސްތުވާތަކެތި އަޅާފައި ހުރި އެއް ޕީސް ކޮޅާއެކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް އެމީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
އިއްޔެރޭ ދަންވަރު ވެސް ވަނީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 12 ޕެކެޓާއެކު މީހަކު ހައްޔަރު ކޮށްފަ އެވެ. ފުލުހުން މިއަހަރު ހިންގާ އޮޕަރޭޝަންތަކުގެ ތެރޭ އެންމެ މުހިންމު އިސްކަމެއް ދޭ އެއްކަމަކީ ޑްރަގް ޓްރެފިކިން އެވެ.