27 Mar 2012, 11:39
"ދަ އައިލެންޑް ޕްރެސިޑެންޓް" އެމެރިކާގައި ޕްރިމިޔާކުރުމަށް ބާއްވާ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ރޭ ފުރާވަޑައިގެންފި އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ ރާއްޖެއާ ބެހޭ ގޮތުން އުފައްދާފައިވާ "ދި އައިލެންޑް ޕްރެޒިޑެންޓް" އެމެރިކާގައި ފްރިމިޔާ ކުރުމަށް ބާއްވާ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށާއި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކޮލަންބިއާ ޔުނިވާސިޓީގައި ތަގުރީރެއް ދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ރައީސް ނަޝީދު ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުން ރާއްޖޭން ބޭރަށް ވަޑައިގެންނަވާ ދެވަނަ ދަތުރުފުޅެވެ. ރައީސް ނަޝީދު ވަނީ މިދިޔަ ހަފުތާގައި ވަނީ ސްރީލަންކާއަށް ވަޑައިގެންނަފާފަ އެވެ.