19 Jul 2022, 17:28
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1318 ފުޅި ބަނގުރަލާއި 347 ދަޅު ބިޔަރު ނައްތައިލައިފިއެވެ.
މި ތަކެތި ނައްތައިލުން ކުރިއަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައި މާމިގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މިދިޔަ އަހަރުގެ ޑިސެންބަރު 26 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ވިލާ އިންޓާނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރީންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.
މިމަހުގެ 14 ވަނަ ދުވަހު ވަނީ މާފަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 94 ފުޅި ބަނގުރަލާއި 41 ދަޅު ބިޔަރު ދަޅު ނައްތައިލާފައެވެ.
ފުލުހުން ބުނީ ބަނގުރާ ނައްތައިލުން އެ މުއައްސަސާއިން ކުރިއަށް ގެންދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް ޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.