ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އިންޑިއާގެ ވެރިރަށް ދިއްލީއަށް ރަސްމީދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ފުރަތަމަ ހަގުތާގެ ތެރޭގައެވެ. އަދި އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި އެހެން އިސްވެރިންނާ ބައްދަލުކޮށް ވިޔަފާރި އާއި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ރަނގަޅު ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.

މީގެއިތުރުން ދަތުރުފުޅުގައި ދިއްލީއަށް ވަޑައިގަތުމުގެ އިތުރުން އިންޑިއާގެ މުމްބާއީއަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.

ރައީސް 2018ވަނަ އަހަރުވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ. ރައީސް ޞާލިހުގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރުގަދަވެފައެވެ.