ޓްރީ ޓޮޕް ހޮސްޕީޓަލުން ހިތުގެ ބަލި ޖެހިފައިވާ މީހަކަށް ކާމިޔާބުކަމާއިއެކު އެންޓިރިއަރ ކުރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) ސާޖަރީ ފުރިހަމަކޮށްފިއެވެ.

އޭސީއެލްއަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑައި ގުޅުވާ ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. އާއްމުކޮށް މި ލިގަމެންޓް ހަލާކުވަނީ ދުވުންތެރިން އަދި ފުޓްބޯޅަކުޅުންތެރިންފަދަ ކުޅިވަރު ކުޅޭ މީހުންނަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އޭސީއެލްގެ އުނދަގޫ ސާޖަރީއެއް ކޮށްފައިވަނީ ސްވިޓްޒަލޭންޑަށް ނިސްބަތްވާ 19 އަހަރުގެ ލީއެން ގްލައުސާ ނަމަކަށް ކިޔާ ޒުވާނެއްގެއެވެ.

އޭނާ އަކީ ކޮމްޕްލެކްސް ސައިޔަނޮޓިކް ހާރްޓް ޑިސީސް ނުވަތަ ހިތުގެ ބަލި ޖެހިފައި ހުންނަ މީހެކެވެ. ވިހެއިރުއްސުރެއް ލީއެންނަށް ޖެހިފައިވާ ސައިޔަނޮޓިކް ހާރްޓް ޑިސީސް އަކީ ހިތުގެ ހުރި އުނިކަމެއްގެ ސަބަބުން ހަށިގަނޑެ އޮކްސިޖަން ދައުރުވާވަރު މަދުވުމަށް މެދުވެރިވާ ބައްޔެކެވެ. ސައިއަނޯސިސްގެ ސަބަބުން މީހާގެ ހަމުގެ ކުލަ ނޫކުލައަށް ބަދަލުވެއެވެ.

ލީއެން އަކީ ފުޓްބޯޅަކުޅުމަށް ޝައަގުވެރިކަން ހުންނަށް ޒުވާނެކެވެ. ލީއެންގެ އޭސީއެލް އަށް މިދިޔަ އަހަރު ފުޓްބޯޅަ މެޗެއް ކުޅުމުގެ ތެރޭގައި އަނިޔާވިއެވެ. ލީއޭން ފުރަތަމަ ހީކުރީ އެއީ ކުޑެ ސްޕްރެއިންއެއް ކަމަށް، ނަމަވެސް ފަހުން ފަޔަށްވެފައިވާ އަނިޔާއަކީ ކަކުލަށް ހުޅަށްވެފައިވާ ބޮޑު އަނިޔާއެއްކަން އިގުނެވެ.

ޑޮކްޓަރަށް ދެއްކުމުން އަނިޔާއަކީ ކިހާވަރެއްގެ އަނިޔާއެއްތޯ ލީއެން ބެލުމުން، ކަކުލުގެ މައި ލިގަމެންޓް، އޭސީއެލް، ވަނީ އިރައިގެން ގޮސްފައެވެ.

ލީއެން ޓްރީ ޓޮޕް ހޮސްޕިޓަލުން އޭސީއެލް ރީކޮންސްޓްރަކްޝަން ފުރިހަމަ ކުރީ ތަޖުރިބާކާރު ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓަންޓް ޑރ. ކަނިރާޖް މަރިމުތުގެ ލަފާގެ ދަށުންނެވެ.

"އަހަރެންގެ ހުންނަ ހިތުގެ ބަލީގެ ސަބަބުން ސަރޖަރީއެއް ފުރިހަމަ ކުރުމަކީ ވަރަށް އުނދަގޫ ކަމެއް، ނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުގެ އެހީއާއިއެކު މި ސަރޖަރީގެ ހުރިހާ ކަންތައްތައް ކުރިއަށްދިޔައީ ވަރަށް ފުރިހަމަކަމާއިއެކު،" ލީއެން އުފަލާއިއެކު ހިއްސާކުރިއެވެ. ސަރޖަރީގެ ކަމިޔާބީއާއިއެކު ލީއެން ހުރީ އަނބުރާ ކުޅެން ދިއުމަށް ތައްޔާރަށެވެ.

މި ސަރޖަރީގައި އެންމެ އިސްކޮށް އުޅުއްވި ޑރ. ކަނިރާޖް މަރިމުތު ވިދާޅުވީ" އޭސީއެލް ސާޖަރީ އަކީ އާންމުކޮށް ކުރާ ސާޖަރީއެއް. ނަމަވެސް މި ސާޖަރައަކީ ލީއެންގެ ހުންނަށް ހިތުގެ ބަލީގެ ސަބަބުން އުނދަގޫ ސާޖަރީއެއް. ނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހޭނައްތާ އަދި ހިތުގެ ބަލީގެ ޑޮކްޓަރުންގެ އެހީއާއި އެކު ސާޖަރީ އެއްވެސް މައްސަލައެއްނެތި ފުރިހަމަކުރެވުނު. ސާޖަރީ ކުރުމަށްފަހު ސާޖަރީ ހެދި ދުވަހުގެ ހަވީރު ލީއެން ވަނީ ހިނގަންފަށާ ރަނގަޅު ކުރިއެރުމެއް ދައްކާފަ. އަހަރެންގެ އުންމީދަކީ ލީއެންފުޓުބޯޅަ ދަނޑަށް ކުޅިވަރު ކުޅުމަށް އަނބުރާ ދެވުން,"

ކަށީގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރު ކަނީރާޖް މަރިމުތު އަކީ ޖޮއިންޓް ރިޕްލޭސްމަންޓް ސަރޖަރީ، ސްޕޯރޓްސް މެޑިސިން ސަރޖަރީ، ކޮނޑުގެ ސަރޖަރީ އަދި ކަކުލުގެ ސަރޖަރީ ކުރުމަށް ހާއްސަ ކޮންސަލްޓެންޓެކެވެ. ޑރ ކަނީރާޖް އެމްބީބީއެސް ފުރިހަމަ ކޮށްފައިވަނީ އިންޑިއާގެ މަޑްރާސް މެޑިކަލް ކޮލެޖުންނެވެ. އަދި އޯރތޯޕީޑިކްސް ދާއިރާއިން ތަމްރީން ފުރިހަމަކޮށްފައިވަނީ އިންޑިއާގެ ސަވައި މަން ސިންގް މެޑިކަލް ކޮލެޖުގެ އޯރތޯޕީޑިކްސް ޑިޕާރޓްމެންޓުގައެވެ. މި ތަމްރީނު ފުރިހަމަ ކުރުމުގެ ތެރޭގައި "އޯލް އިންޑިއާ ބެސްޓް ރެސިޑެންޓް އޯރތޯޕީޑިކް ސަރޖަން އެވޯރްޑް" ބޮމްބޭ އޯރތޯޕީޑިކް ސޮސައިޓީއިންވަނީ ޑރ ކަނިރާޖް ހާސިލްކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޯޕީޑިކް ސްޕެޝަލިސްޓުންނަކީ ތަޖުރިބާކާރު މާހިރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.