12 Jul 2022, 17:04
މާލެެއިން ގެއްލިގެން ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ގެންލިގެން ހޯދަމުން އައީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ އައިމިނަތު ޒާރާ، 17،އެވެ.
ޒާރާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އާއިލާއިން ބުނީ މި ކުއްޖާ ގެއިން ގޮސްފައިވަނީ އެދަވަހުގެ މެންދުރު 2:30 ހާއިރު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މާލެއިން ގެއްލިގެން ހޯދަމުން އައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށެވެ.
"ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ. އެ ކުއްޖާގެ ހާލު ރަނގަޅު،" ފުލުހުން ބުންޏެވެ.
އެކަމާއި ގުޅިގެން ބަލާންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފަށައިގެން ނ. ހެނބަދޫން ވެސް ވަނީ 27 އަހަރުގެ ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފައެވެ.
މީގެ ކުރިން ވެސް ދެ ޖިންސުގެ ފުރާވަރު ކުދިން ވީ ނުވީތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރެއެވެ. ގިނަފަހަރަށް އެފަދަ ކުދިންނަކީ އާއިލާއަށް ފިލައިގެން އުޅޭ ކުދިންނެވެ.