ގދ. ތިނަދޫގައި ދެ ބިދޭސީއަކު މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ ތިނަދޫގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާކަން ފުލުހުންނަށް މިރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ 'ސަން'އަށް ވިދާޅުވީ މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވެއެވެ.