ސިވިލް ކޯޓުގެ ގާޒީ ޒުބެއިރު މުޙައްމަދު އެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ.

ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ގާޒީ ޒުބެއިރު އިސްތިއުފާ ދެއްވުމަށް ނިންމަވައި އެކަން ކޮމިޝަނަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް ޒުބެއިރު އައްޔަންކުރީ 2015 ވަނަ އަހަރު ތެރޭގައެވެ. އެ މަޤާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ ޑުރަގް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައެވެ.

ސިވިލް ކޯޓުގެ ގާޒީކަމުން އިސްތިއުފާ ދެއްވަން ޒުބެއިރު ނިންމެވިއިރު، ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމަށް ހުޅުވާލުމުން ކުރިމަތިލައްވާފައިވާ ފަސް ބޭފުޅުންގެ ތެރޭގައި ވެސް ޒުބެއިރު ހިމެނެއެވެ.