04 Jul 2022, 19:14
ހުޅުމާލެ ފޭސް ދޭއްގައި ހެދި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި ސްޓޭޝަން ހުޅުއްވައި ދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޢަބްދުލް މަންނާން ޔޫސުފެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފޭހުގައި މި ހުޅުވި ޕޮލިސް ސްޓޭޝަނަކީ ރައްޔިތުންނާ ވީވާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ.
ރޭ ހުޅުމާލެ ފޭސް ދޭއްގައި މި ސްޓޭޝަން ހުޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރުއެވެ.

ދެވަނަ ފޭހުގައި ހެދި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް
މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ރަޝީދާއި އެގްޒެކެޓިވް އޮފިސަރުންނާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުޙައިލް އަޙްމަދުގެ އިތުރުން ފުލުހުންގެ ކޮމިޝަންްޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ހުޅުމާލެ ފޭސް ދޭއްގައި ޕޮލިސް ސްޓޭޝަން ހަދާފައިވަނީ ހިޔާގެ އެޗް ހަތަރު ވަނަ ޓަވަރުގައެވެ.