26 Mar 2012, 09:40
ހޮންގްކޮންގް (މާޗް 26): ހޮންގްކޮންގެ ވެރިކަމަށް ]އެގްޒެކެޓިވް އޮތޯރިޓީގެ ޗީފް އެގެޒެކެޓިވް ކަމަށް[ ލޮންގް ޝޫ އިންތިޚާބުކޮށްފި އެވެ.
މުސްތަޤިއްލު އިދާރީ ވެރިކަމެއް އޮންނަ ޗައިނާގެ ސަރަޙައްދެއް ކަމަށްވާ ހޮންގްކޮންގް ވެރިކަމަށް އުމުރުން 57 އަހަރުގެ ލޮންގް ޝޫ އިންތިޚާބުކުރީ އެސަރަޙައްދުގެ ވިޔަފާރިވެރިންނާއި ތައްލީމާއި ތަޖްރިބާގެ ގޮތުން ފުންނާބުއުސް ފަރާތްތަކާއި ދީނީ މީހުންގެ ތެރެއިން 1200 މީހުން އެކުލެވޭ ޚާއްސަ މަޖިލީހަކުންނެވެ.
ލޮންގް ޝޫ އަށް ވޯޓުގެ 57.4 ޕަސެންޓް ލިބުނު އިރު އޭނާއާ އެންމެ ގާތުން އެ މަޤާމަށް ވާދަކުރި ހެންރީ ތާންގް އަށް ލިބުނީ 23.75 ޕަސެންޓެވެ. މުއްސަނދި މަހުޖަނެއް ކަމަށްވާ ލޮންގް ޝޫ އަކީ ފެބްރިކާއި ޓެކްސްޓައިލް ވިޔަފާރީގެ އެންޕެއަރެކެވެ. ހޮންގްކޮންގްގައި ރައްޔިތުންގެ އިންތިޚާބަކުން ވެރިއަކު ހޮވާނީ 2017ގެ ފަހުން ކަމަށާއި ރައްޔިތުން އިންތިޚާބުކުރާ ޕާލަމެންޓަކަށް މަގުފަހިކުރާނީ 2020 ގެފަހުން ކަމަށް ޗައިނާ ބުނެ އެވެ.
ހޮންގްކޮންގްއަކީ ޗައިނާގެ ސަރަޙައްދެއް ނަމަވެސް އެ ސަރަޙައްދުގައި އޮންނަނީ ކެޕިޓަލިޒަމްގެ މައްޗަށް ބިނާވެފައިވާ މުސްތަޤިއްލު އިދާރީ ވެރިކަމެކެވެ. ޗައިނާގައި އޮންނަ ފަދަ ކޮމިއުނިސްޓް ވެރިކަމެއް ނޫނެވެ. (ރޮއިޓާސް)