މި ފެށެނީ ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ޙައްޖުވެރިންނަށް ސަޢޫދީ އަރަބިއްޔާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައި ފަހުން އަހަރެމެންނާ ބައްދަލުކުރާ ފުރަތަމަ ޙައްޖު މޫސުމެވެ. އުފާވެރިކަމާއި، ބަރަކާތްތެރިކަމުން ފުރިގެންވާ މޫސުމެކެވެ.

ޙައްޖަށް ދިއުމަކީ ކުރާ ބޮޑު ދަތުރެކެވެ. އެއީ އެތައް އަހަރެއް ވަންދެން ފައިސާ އެއްކޮށްގެން ދާ ދަތުރެކެވެ. ޙައްޖު ފަރުޟު ވަނީ ވެސް އެކަމަށް މާލީ ގޮތުންނާއި ސިއްހީ ގޮތުން ކުޅަދާނަވެގެންވާ މީހުންނަށެވެ. އެހެންކަމުން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދަތުރަށް ފުރުމުގެ ކުރިން އެ ދަތުރުމަތީގައި ކުރިމަތިވެދާނެ ކުއްލި ޙާލަތަކަށް ތައްޔާރުވުމަކީ މޮޅު ގޮތެކެވެ. އަދި އެއީ އިތުރު ފިކުރެއް ނެތި ޙައްޖުގެ އަޅުކަމަށް ފޯކަސް ކޮށްގެން އެ އަޅުކަން އަދާކުރުމަށް ލިބޭނެ އެހީތެރިކަމެއްކަން ޔަގީނެވެ.

އަޔާދީ ތަކާފުލްގެ ޙައްޖު އަދި ޢުމްރާ ތަކާފުލްއަކީ ޙައްޖުގެ ދަތުރުމަތީގައި އުޅޭ އިރު ދިމާވެދާނެ ބައެއް ކުއްލި ޙާލަތްތަކާ ކުރިމަތިލާން އެހީވެދޭ ޕްލޭނެކެވެ. މިސާލަކަށް ޙައްޖުގެ އަޅުކަމުގައި އުޅޭ އިރު ޕާސްޕޯޓު ގެއްލުން، ލަގެޖު ގެއްލުން ނުވަތަ ލަގެޖު ލިބުން ލަސްވުން އަދި ދަތުރުގައި ގެނައި ފައިސާއާއި އެހެނިހެން އަގުހުރި ތަކެތި ގެއްލިއްޖެނަމަ، އެކަންކަމަށް ދާ ޚަރަދުތަކުގެ ބަދަލު ލިބޭނެ ގޮތް މި ޕްލޭނުން ހަމަޖެހޭނެއެވެ. މީގެ އިތުރުން ކުއްލި ހާލަތުގައި ސިއްޙީ ފަރުވާއެއް ކުރަން ޖެހިއްޖެ ނަމަ އެކަމުގެ ހަރަދާއި، ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ އެކަމުގެ ބަދަލު ލިބޭނެއެވެ.

މި ޕްލޭނުގެ އަގަކީ މީހަކަށް 1,000 ރުފިޔާއެވެ. އަދި އިތުރު 250 ރުފިޔާއާއެކު، ކޮވިޑް-19 ޖެހިގެން ކުރަންޖެހޭ ހަރަދުގެ ބަދަލު ވެސް މިޕްލޭނަށް އިތުރު ކުރެވޭނެއެވެ. އަޔާދީގެ ޙައްޖު އަދި ޢުމްރާ ތަކާފުލް ޕްލޭނުގެ ހާއްސަ ކަމަކީ ޕްލޭން ފަށާ ތާރީޚުން ފެށިގެން 2 މަސްދުވަސް ވަންދެން ތަކާފުލް ޕްލޭނުގެ ރައްކާތެރިކަން ލިބޭނެ ކަމެވެ.

ވީމާ، ޙައްޖުގެ ދަތުރަށް ފުރުމުގެ ކުރިން އަޔާދީގެ ޙައްޖު ތަކާފުލް ޕްލޭނެއް ކޮންމެހެން ވެސް ހޯދާލުމަކީ އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެއްކަން ޔަގީނެވެ. މި ޕްލޭން ނެންގެވުމަށް ތަކާފުލް ޕްލޭނުގެ އެޕްލިކޭޝަން ފޯމާއި ޕާސްޕޯޓު ނުވަތަ އައިޑީ ކާޑު ކޮޕީއެއް އަޔާދީ ތަކާފުލްއަށް ހުށަހަޅުއްވާށެވެ. ނުވަތަ"މައިއެލައިޑް" ޕޯޓަލްމެދުވެރިކޮށް އޮންލައިންކޮށް ވެސް ވަރަށް ފަސޭހަކަމާއެކު މި ޕްލޭން ނަންގަވާލެވޭނެއެވެ.

ޙައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް އަގުހުރި އެއްޗެއް، ޕާސްޕޯޓު ނުވަތަ ލަގެޖު ގެއްލުން ނުވަތަ ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގެ ބަދަލު ހޯދުމަށް ޙައްޖުގެ އަޅުކަން ނިމުމަށްފަހު އެނބުރި ރާއްޖެ އަންނަތާ 60 ދުވަސް ތެރޭގައި އަޔާދީ ތަކާފުލްއަށް ހުށައަޅުއްވަން ވާނެއެވެ.

[އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.]