25 Mar 2012, 23:20
މަސްތުވާތަކެތިކަމަށް ބެލެވޭ 12 ރަބަރު ޕެކެޓާ އެކު ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:30 އެހާކަށް ހާއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކާ އެކު ހައްޔަރުކުރީ ވ.ނަޖަފް މަދީހު ނަސީރު ކަމަށެވެ. އަދި ބުނީ ބިލަބޮންގް ހައިސްކޫލް ކައިރިން ފުލުހުން މަދީހު ހައްޔަރުކޮށް ފާސްކުރިއިރު ޖީންސުގެ ކުރިމަތީގެ ވައަތް ފަރާތު ޖީބުން މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ ރަބަރު 11 ޕެކެޓް ފެނުނު ކަމަށާއި އޭނާ ލައިގެން ހުރި ބޮކްސާގެ ކަނާތް ފަރާތު އަރިމަތިންވެސް ޕެކެޓެއް ފެނުނު ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.