25 Mar 2012, 21:55
އަންނަ ބުދަ ދުވަހުން ފެށިގެން އައިޖީއެމްއެޗްގައި ޝަކުވާ ހުށައެޅުމާއި ޝަކުވާ ބަލައިގަތުމުގެ އާ ނިޒާމެއް ތައާރަފް ކުރާނެ ކަމަށް މާލޭ ހެލްތު ސާވިސް ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަކުވާ ހުށައެޅުމާއި ބަލައިގަތުމުގެ ނިޒާމުގެ ސަބަބުން އެ ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅުކުރުމަށް މަގުފަހިވެ ރައްޔިތުންގެ ހިޔާލާއެކު ކަންކަން ހައްލުކުރެވި ކުރިއަށް އޮތްތަނުގައި ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.
"މިއާއެކު ޒީރޯޓޮލަރަންސް ޕޮލިސީ [ބިރުދެއްކުމާއި ހަމަނުޖެހުން އެއްކިބާވެ މާލެ ހެލްތު ސާވިސް ކޯޕަރޭޝަނުގެ ހިދުމަތް ފޯރުކޮށްދޭ މުއައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމުގެ ގޮތުންނިޒާމެއް] ތައާރަފު ކުރާ ވާހަކަ ވެސް ދަންނަވަން،" ބަޔާނުގައި ވެއެވެ.
އެކޯޕަރޭޝަނުން ބުނެފައިވަނީ ހިދުމަތް ހޯދާ މީހުން ހިޔާލާއި ފާޑުކިޔުންތައް ބަލައިގަންނާނެ ކަމަށާއި ޝަކުވާ ތައް ބަލައިގަންނާނެ ކަމަށެވެ.