ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް ޑެމްބަ ބާ ޗެލްސީއާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ. ނިއުކާސަލްގައި ބާ ހުރީ އުފަލުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ވެސްޓް ހާމް އަށް ކުޅުމަށް ފަހު މިސީޒަނުގައި ނިއުކާސަލް އާއި ގުޅުނު ފޯވާޑް ބާ ހޯދުމަށް ޕްރެމިއާ ލީގުގެ ގިނަ ކުލަބުތަކަކުން މަސައްކަތް ކޮށްފައިވެ އެވެ. މިސީޒަނުގައި ނިއުކާސަލް އަށް މޮޅު ކުޅުމެއް ދައްކައި އޭނާ ވަނީ އެޓީމަށް 16 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

"ޗެލްސީ އާއި ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް. ނިއުކާސަލްގައި އަހަރެން މިހުރީ އުފަލުގައި. މިކުލަބުގައި އޮތީ ވަރުގަދަ ސްކޮޑެއް. މިޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ވަރަށް އެކުވެރި ކުޅުންތެރިންތަކެއް." ބާ ބުންޏެވެ.

މިސީޒަނުގައި ބާގެ އިތުރުން ވެސް ނިއުކާސަލް ޓީމުން ގިނަ ކުޅުންތެރިންތަކެއް ވިދާލާފައިވެ އެވެ. އެގޮތުން ފޯވާޑް ލައިނުގައި ބާ އާ އެކު ހަރަކާތެރިވާ އަމިއޮބީ އަކީ ވެސް ގިނަ ކުލަބުތަކަކުން ހޯދުމަށް މަސައްކަތްކުރާ އެއް ކުޅުންތެރިއެކެވެ.