29 Jun 2022, 14:08
ހުޅުމާލެއިން އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ޙުސައިން ސިޔާނު (18އ) އެވެ.
އޭނާ ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހެވެ.
ފުލުހުން ބުނީ އެކަން ރިޕޯޓްކުރުމާ ގުޅިގެން އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވެނު މަސައްކަތުން ހޯދިފައެއް ނުވާ ކަމަށެވެ.
އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.