27 Jun 2022, 17:30
ހުސްވެފައިވާ ހައި ކޯޓުގެ ދެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުން ހަ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އަބްދުﷲ ހަމީދު, ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ސުންގަނޑި ހަމަވިއިރު އެ ދެ މަގާމަށް އެދި އަށް ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބުނެފައެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދެން ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދާއި, ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ކުރީގެ މެންބަރު ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރާއި, ޕީޖީ އޮފީހުގެ ކުރީގެ ވަކީލް ޝުކުރުالله ޝަކީލް އާއި ސިވިލް ކޯޓުގެ ގާޒީ ޙާފިޒާ ޢަބްދުއްސައްތާރު އާއި ފ. ބިލެއްދޫ, މޯނިންގްވިލާ, މުހައްމަދު ސަލީމްގެ އިތުރުން ނައިފަރު ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު މޫސާ އެވެ.