27 Jun 2022, 15:33
ބީއެމްއެލްގެ ފަރާތުން ގްރެޖުއޭޓް ލެވެލްއަށް ކިޔަވަމުންދާ ކުދިންނަށް ހާއްސަ އިންޓާންޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގެ ބައިވެރިންނަށް ހާސިލްކުރާނެ ލަނޑުދަނޑިތަކެއް ދެވޭނެއެވެ. އަދި، ވަކި ލައިން މެނޭޖަރަކާއި، މެންޓަރެއް ހާއްސަ ކުރެވޭނެއެވެ. މީގެ އިތުރުން، ބޭންކުގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހިންގާ އެކި ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
އެ ޕްރޮގުރާމުގެ ބައިވެރިންނަށް މަހަކު އިނާޔަތުގެ ގޮތުގައި 6،000 ރުފިޔާ ދިިނުމަށް ހަމަޖެހިފައިވާއިރު، ރޯދަ އެލަވަންސްގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި ސިއްހީ ނުވަތަ އާއިލީ ސަބަބުތަކަށްޓަކައި ސަލާމުގެ 10 ދުވަސް ލިބޭނެއެވެ.
ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތުތައް
ދިވެހި ރައްޔިތަކަށް ވުން
- 18 އަހަރު ފުރިފައި ވުން
- ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފާހަކަށް ކިޔަވަމުން ދިޔުން
- ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން
- ވަޒީފާގެ ތަޖުރިބާ އަހަރަކަށް ވުރެ ގިނަ ނުވުން
މި ޕްރޮގުރާމުން އެކަށޭނަ ނަތީޖާއެއް ހާސިލުކުރާ ބައިވެރިންނަށް ޕްރޮގްރާމް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.