މިދިޔަ އަންގާރަ ދުވަހު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ، ހަމަނުޖެހުން ހިންގާފައިވާ މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު، 25، އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް، 31، އެވެ.

އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިއު ދެ މަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާއިރު ޝަބިމް އާދަމް 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ އަަދަދު މިހާރު ވަނީ 21އަށް އަރާފައެވެ.

އެ މައްސަލައިގައި، ހާދިސާ ހިނގި ދުވަހު ފުރަތަމަ ހައްޔަރުކުރީ ހަ މީހެކެވެ.

އެ ހަ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް، 43 އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން، 37، އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް، 30، އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް، 40، އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން، 47، އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު 35، އެވެ.

އޭގެ ޖެހިގެން އައި ދުވަހު ވެސް ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ، ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް، 48، އާއި ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން، 32، އާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން، 38، އާއި ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަސޫޙް، 26، އާއި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު، 31، އަދި ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު، 33، އެވެ.

އެއަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ވެސް ދެ މީހަކު ހައްޔަރުކުރިއެވެ. އެއީ ކ. މާލެ، މ. ފަޅުމަތީގެ، އަޙްމަދު ޢަލީ، 26، އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުޙައްމަދު ޒީޝާން ނާޞިރު، 30، އެވެ. އަދި ހުކުރު ދުވަހު ފަސް މީހަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި ހިމެނެނީ ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު، 25، އާއި އއ. މާޅޮސް، ލަކީސްޓަރ، ޢަލީ މިރުޝާދު، 31، އާއި ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން، 32، އާއި ކ. މާލެ، ގ. ފީނިކްސް، ޢަބްދުﷲ ނިޔާޒު، 41، އަދި ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު، 36،އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.