ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމާއި ސިފައިންގެ ޑިރެކްޓާ ޖެނެރަލް އޮފް އިންޓެލިޖެންސް ކަމުގެ މަގާމަށް ބްރިގޭޑިޔާ ޖެނެރަލް އަހުމަދު ޝާހިދު ހަމަޖައްސަވައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޝާހިދު އެ މަގާމަށް ހަމަޖެއްސެވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށާއި އޭނާއާ މަގާމުގެ ހަވާލުކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުހައްމަދު ނާޒިމު ކަމަށެވެ.

ޝާހިދު ކުރިން ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ އެވެ. އަދި ކޯސްޓްގާޑު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ވެސް ޝާހިދު އެވެ.