ބާސެލޯނާގެ ފްރާންސް ޑިފެންޑަރު އެރިކް އާބިދަލްގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް އޭނާގެ ލިވާ މިހަފްތާ ތެރޭގައި ޓްރާންސްޕްލާންޓް ކުރާނެ ކަމަށް އެކުލަބުން ބުނެފި ކޮށްފި އެވެ.

އުމުރުން 32 އަހަރުގެ އާބިދަލްގެ ލިވާގައި ޓިއުމާއެއް އުފެދުމުން ސާޖަރީ އެއް ހެދީ މިދިޔަ އަހަރު އެވެ.
"މިހަފްތާ ތެރޭ އާބިދާލްގެ ލިވާ ޓްރާންސްޕްލާންޓް ކުރާނެ. އާބިދަލްގެ ސިއްޚީ ހާލަތު ހުރިގޮތުން އޭނާ އަށް ލިވާ ޓްރާންސްޕްލާންޓެއް ކުރަން ޖެހޭ ކަމަށް ދައްކަނީ." ބާސާގެ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ.

ފްރާންސް ގައުމީ ޓީމަށް 60 މެޗު ކުޅުނު އާބިދަލް ވަނީ ބާސާ އާއެކު 150 މެޗު ކުޅެފަ އެވެ. ބާސާގައި ހަތަރު އަހަރުވެފައިވާ އާބިދަލް ވަނީ އެކުލަބާއި އެކު ދެފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ތިން ފަހަރު ސްޕެއިން ލީގު ކާމިޔާބު ކޮށްފަ އެވެ. ބާސާގައި އިތުރު އެއް އަހަރު ދުވަހު މަޑުކުރުމަށް އާބިދަލް އެއްބަސްވީ މިދިޔަ ޖެނުއަރީ މަހު އެވެ.