ޑެޕިޔުޓީ އެޓަނީ ޖެނެރަލްގެ މަގާމަށް ގަލޮޅު ސައިމާ، އައިސަތު ބިސާމް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އައްޔަން ކުރައްވައިފި އެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ، ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

ބިސާމް މިހާތަނަށް ހުންނެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމުގަ އެވެ.