14:30


އަލިމަސް އުފާ ކާނިވާ ސްޓޭޖްގެ ބިއްދޮށުގައި އަލިފާން ރޯވެ ސްޓޭޖްގެ ބޮޑު ބައެއް އަނދައިފި އެވެ.


މިއަދު މެންދުރު ހިނގި މި ހާދިސާގައި ސްޓޭޖްގެ ކަނާތް ފަރާތުގައި ހުންނަ ވެލި ފުންޏާ ދިމާލުން ޓިނާއި ދަގަނޑު ބޭނުންކޮށްގެން ހަދައިފައިވާ ފިޓިން ރޫމްގެ ޕާޓިޝަން އެއްކޮށް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިއެއްނުވެ އެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި މިހާތަނަށް އެނގިފައެއްނުވެ އެވެ.


އަލިމަސް އުފާ ކާނިވާ ސްޓޭޖްގައި ހިނގި އެ އަލިފާންގަނޑު ނިންވާލާފައި ވަނީ އެމްއެންޑީއެފްގެ ފަޔަރ ޓީމުންނެވެ.


މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަލިމަސް އުފާ ސްޓޭޖްގެ ސަރަހައްދުގައި އަލިފާނުގެ ހާދިސާ ވަނީ ހިނގައިފަ އެވެ.