މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަންގެ މަގާމުން ޑރ. އަހުމަދު އަލިމަނިކު އިސްތިއުފާ ދެއްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަލިމަނިކު އިސްތިއުފާދެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ އޭނާގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވައިފަ އެވެ.

އިސްތިއުފާ ގަބޫލުފުޅު ކުރައްވައި ޑރ. އަލިމަނިކަށް ރައީސް ފޮނުއްވި ސިޓީފުޅުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަންގެ މަގާމުގައި އެމަނިކުފާނު ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.