20 Jun 2022, 00:24
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް ލ، ގއ، އަދި ގދ އަތޮޅަށް ދަތުރުތަކެއް ފަށައިފިއެވެ.
އެގޮތުން މި މަހުގެ 16އިން 18އަށް ކުރި ދަތުރުގައި އެ ޔުނިވާސިޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ:
ކުއްލިއްޔާ އޮފް އެޑިޔުކޭޝަން ގެ ޑީން ޑރ. އާއިޝަތު ރީޝާ
- ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ލެކްޗަރަރ އަލްއުސްތާޛާ ޚައުލަތު ސައީދު
- ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ލެކްޗަރަރ އަލްޤާރީ މުޙައްމަދު ތައުފީޤު
- ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީޒްގެ ލެކްޗަރަރ އަލްއުސްތާޛާ އާއިޝަތު ޝިހާމާ
މި ދަތުރުގައި ދަތުރުކުރި ރަށްތައް:
ލ. މާވަށް
- ލ. ގަން
- ލ. މާބައިދޫ
- ލ. ދަނބިދޫ

އައިޔޫއެމްގެ ފަރާތުން އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް
މީގެ އިތުރުން މި މަހުގެ 16އިން 21ގެ ނިޔަލަށް ގއ އަދި ގދ އަތޮޅުގެ ރަށްތަކަށް ޒިޔާރާތްކުރުން ކުރިއަށްދާނެއެވެ. އެ ދަތުރުގަައި ޔުނިވާސިޓީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ:
ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ ގެ ޑީން އަލްއުސްތާޛް މުޙައްމަދު މަންޞޫރު
- ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ލެކްޗަރަރ އަލްޤާރީ އިބްރާހިމް ޝިފާޢު
- ރެޖިސްޓްރާ އަހުމަދު ރައޫފް ޢަބްދުﷲ
މި ދަތުރުގައި ދަތުރުކުރަން ހަަމަޖެހިފައިވާ ރަށްތައް:
ގއ. ދެއްވަދޫ
- ގދ. މަޑަވެލި
- ގދ. ފަރެސްމާތޮޑާ
- ގދ. ގައްދޫ
- ގއ. ގެމަނަފުށި
- ގއ. ދާންދޫ
- ގއ. ނިލަންދޫ
- ގއ. މާމެންދޫ
- ގއ. ވިލިނގިލި
މި ދަތުރުގެ އެންމެ ފަހުދުވަހު އައިޔޫއެމް ގެ ޓީމުން ތިބޭނީ ގއ. ވިލިނގިލީގައެވެ. އެރަށަކީ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓާގައި އައި.ޔޫ.އެމްގެ އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި އައި.ޔޫ.އެމްގެ މާސްޓާސް، ބެޗްލާސް، ޑިޕްލޮމާ، އެޑްވާންސްޑް ސެޓްފިކެޓް އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ރަށެކެވެ.
އެ ދަތުރުތަކުގެ މައިގަނޑު މަޤްޞަދަކީ މި ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން އިތުރުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މީހުންނަށް ޔުނިވަރސިޓީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.