މ. މުލަކު ގެއެއްގެ ބަދިގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެގޭގެ ބަދިގެ އަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު އެ ރަށު ތިކިރިމާގޭގައި ހިނގި އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވީ ބަދިގޭގައި ހުރި ދުމައްޓެއްގެ މަތީގައި މަސްތަކެއްގައި ދިލަ ޖެއްސުމަށް އުނދުނަށް އަލިފާންލާފައި ހުއްޓައި ކަމަށެވެ.

ބަދިގޭގައި ރޯވި އެއަލިފާންގަނޑު އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއި އާއްމުން ގުޅިގެން ވަނީ ނިއްވާލައިފަ އެވެ. ފުލުހުން ބުނީ އެ ހާދިސާގައި ބަދިގެ ފިޔަވައި އިތުރު ތަނަކަށް ގެއްލުންވެފައިނުވާ ކަމަށެވެ.