17 Jun 2022, 14:34
ލިފްޓެއްތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ހެންވޭރު ގެއެއްގައެވެ.
ފުލުހުން ބުނީ، ހެންވޭރު ގެއެއްގައި އުޅެމުންދާ އަންހެނަކު، އެގޭގެ ލިފްޓަށް އެރި ވަގުތު، ލިފްޓަށް އެރި ފިރިހެނަކު، އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ.
ޖިންސީ ގޯނާގެ މައްސަލައަކީ ރާއްޖޭގައި މިހާރު ފުދޭވަރަކަށް ގިނަ މައްސަލައެކެވެ. ބައެއް މައްސަލަ ތަކުގައި އާއިލީ ގުޅުން ހުރި މީހުންވެސް ހިމެނެއެވެ.