16 Jun 2022, 21:26
ދުރު ޤައުމުތަކުގެ ތަންތަން ބަލާލައި ކަންކަން ތަޖުރިބާކޮށްލުމަށް ހިތުލައި ދަތުރު ފެށި ނަމަވެސް ބައެއް ކަހަލަ އުނދަގޫތަކާ ކުރިމަތިވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ދަތުރެއްގެ މަތީގައި އުޅޭ އިރު އެންމެ ގިނައިން ދިމާވާ މިފަދަ އެއް ކަމަކީ އެއާލައިނުގެ އަތުން ތިމާގެ ލަގެޖު ގެއްލުމެވެ. ނުވަތަ ލަގެޖު އައުން ލަސްވުމެވެ. މިއީ ޔަގީނުން ވެސް ދަތިކަމަކަށް ވާނެއެވެ.
މި ފަދަ ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅުގައި އެހީތެރިވެދޭން ތައްޔާރަށް ހުރީ އަޔާދީ ތަކާފުލްއެވެ. އަޔާދީގެ ޓްރެވަލް ޕްލޭނެއްގެ ރައްކާތެރިކަން ހޯދައިގެން ދިޔަ ދަތުރެއް ނަމަ، ބެގޭޖު ގެއްލުމާއި ލަސްވުމުގެ "އިންކޮންވީނިއަންސް"ގެ ބަދަލުގައި 2,000 ޑޮލަރާއި ހަމައަށް ބަދަލު ފޯރުކޮށްދޭނެއެވެ. އެގޮތުން އަގުބޮޑު މުދާ ނުވަތަ "ވެލިއުބަލްސް"ގެ ގޮތުގައި ގެންދާ ތަކެތި ގެއްލިގެން ބަދަލުގެ ގޮތުގައި 1,000 ޑޮލަރާއި ހަމައަށް، އެނޫން ތަކެތި ގެއްލިގެން ބަދަލުގެ ގޮތުގައި 500 ޑޮލަރު އަދި ބެގޭޖު ލިބުން 12 ގަޑިއިރަށް ވުރެ ލަސްވެގެން 150 ޑޮލަރާ ހަމައަށް މި ޕްލޭނުން ބަދަލު ލިބޭނެއެވެ.
ދަތުރުގައި ގެންދާ ފޮށިތަންމަތި ލިބުން ލަސްވުމަކީ ވަރަށް ބޮޑު ދައްޗަކަށް ވާނެއެވެ. ކުރަން ރާވާފައި ހުރި ކަންކަން ނުކުރެވި ފަސްކުރަންޖެހޭ ފަދަ ހާލަތަށް ގޮސްދާނެއެވެ. އޭގެ އިތުރުން ގެންދިޔަ މުދަލެއް ގެއްލުމަކީ އެއަށް ވުރެ މާ ބޮޑު ދައްޗަކަށް ވާނެއެވެ. މިފަދަ ކޮންމެ ހާލަތެއްގެ ހައްލަކީ އަޔާދީގެ ޓްރެވަލް ޕްލޭނެވެ.
ބެގޭޖު ގެއްލުން ނުވަތަ ލިބުން ލަސްވުމުގެ އިތުރުން އަޔާދީގެ ޓްރެވަލް ޕްލޭނުން އިތުރު އެތައް ކަމަކަށް ދަތުރުވެރީންނަށް ރައްކާތެރިކަން ފޯރުކޮށްދެއެވެ. ކުއްލި ހާލަތުގައި ހޯދަންޖެހޭ ސިއްޙީ ފަރުވާއާއި ޖިސްމާނީ ގޮތުން ލިބޭ އަނިޔާތަކާއި ދަތުރު ކެންސަލްވުމާއި ފްލައިޓު ޑިލޭވުން ނުވަތަ ފްލައިޓު މިސްވުން ފަދަ އެތައް ކަމަކަށް މި ޕްލޭނުން ބަދަލު ލިބޭނެއެވެ. މީގެ އިތުރުން ދަތުރުމަތީގައި ކޮވިޑް-19 ޖެހިއްޖެނަމަ ކަރަންޓީނުވުމާއި އައިސޮލޭޓުވުމަށް ހިނގާ ޚަރަދުތައް ކަވަރުކޮށްދޭ އޮޕްޝަނަލް ކަވަރޭޖެއް ވެސް އަޔާދީގެ ޓްރެވެލް ޕްލޭންގައި ހިމެނެއެވެ.
މި ޕްލޭނުގައި ހިމެނެނީ 3 ގިންތިއެކެވެ. އެއީ އޭޝިއާ ކަވަރުކުރާ "ކޮންޓިނެންޓަލް" ޕެކޭޖާއި، އެމެރިކާއާއި ކެނެޑާ ފިޔަވާ ހުރިހާ ޤައުމެއް ކަވަރުކުރާ "އެލީޓް" ޕެކޭޖު އަދި މުޅި ދުނިޔެ ކަވަރުކުރާ "ޕްރިމިއާ" ޕެކޭޖެވެ. މިއީ ވަރަށް ބޮޑެތި އަދަދުތަކުން ރައްކާތެރިކަން ލިބިގެންދާނެ ޕްލޭންތަކެކެވެ. މިއިން ކޮންމެ ގިންތިއެއްގެ ރައްކާތެރިކަން ހޯދުމަށް ވެސް ދައްކާލަން ޖެހެނީ ވަރަށް ކުޑަ މިންވަރެކެއެވެ.
އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ދަތުރަށް ފުރުމުގެ ކުރިން އަޔާދީ ތަކާފުލްގެ ޓްރެވަލް ޕްލޭނެއް ދަތުރުގެ ހުރިހާ ބައިވެރިންނަށް ނެގިދާނެއެވެ. ދަތުރު ކުރާ މަންޒިލާއި ދަތުރުގެ މުއްދަތާއި އަދި ދަތުރުގެ ބައިވެރިންގެ އުމުރު ޖަހާލުމުން ޕްލޭނުގެ 3 ގިންތިން ވެސް އެ ދަތުރަށް ހުށަހަޅާ ދައްކަންޖެހޭ ފައިސާގެ އަދަދު ފެންނާނެއެވެ.
އެލައިޑާއި އަޔާދީއިން އަބަދުވެސް އެދެނީ ރައްޔިތުންނަށް ނިޔާމަ، ރައްކާތެރި ދަތުރަކަށެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.