16 Jun 2022, 15:25
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކޮންޓެއިނަރަކުން މާބުލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި އަނިޔާވި ދެވަނަ މީހާ މަރުވެއްޖެއެވެ.
އެ ހާދިސާގައި އަނިޔާވީ ދެ ބިދޭސީ ފިރިހެނަކަށެވެ. އަދި އޭގެ ތެރެއިން އެކަކު މަރުވެ ދެވަނަ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްލިޓަލުން "ސަން" އަށް ބުނީ، ވެންޓިލޭޓަރުގައި އޮއްވާ ދެވަނަ މީހާ މަރުވީ އަންގާރަ ދުވަހު ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބުލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ އެދުވަހު 3:30ހާއިރު ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ''ސަން''އަށް މައުލޫމާތު ދިން ގޮތުގައި އަނިޔާވި ދެވަނަ ބިދޭސީ މީހާއަށް ވެސް ފުރަތަމަ ފަރުވާ ދިނީ އެ ހޮސްޕިޓަލުގައެވެ.
އޭގެ ފަހުން، އިތުރު ފަރުވާއަށް އެމީހާ އައިޖީއެމްއެޗްއަށް ބަދަލު ކުރިއެވެ. އެމީހާ މަރުވީ އައިޖީއެމްއެޗް ވެންޓިލޭޓަރުގައި އޮއްވައެވެ.