މާލޭ ގެއަކުން ވަގަށް މުރަނގަފަތް ބިން މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ވީޑީއޯ އާއްމުކޮށްފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މި މަހުގެ އަށް ވަނަ ދުވަހު ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި މުރަނގަ ގަހަކުން ފިރިހެނަކު ފަތް ބިންނަނިކޮށެވެ. އެ މީހާ ފަތް ބިންނަނީ ޕޭމަންޓުގައި ހުރެއެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އެކި ދުވަސްމަތިން އެ ގަހުން މުރަނގަފަތް ބިންކަމަށް ކަމަށެވެ.

ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައިނުވާތީ އާއްމުންގެ އެހީތެރި ކަމަށް އެދުނީ ކަމަށް ފުލުހުން ބުންޏެވެ.

ވީޑިއޯއިން ފެންނަ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.