25 Mar 2012, 00:22
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.
މިދިޔަ އަންގާރަ ދުވަހު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ 10:00 ޖެހިއިރު އެމަނިކުފާނު މާލެ ވަޑައިގެންނެވި އިރު އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރައީސް އޮފީސް ކުރިމަތިން އޮންނަ ނަންބަރު ފާލަންދޮށަށް އެއްވެފަ އެވެ.
އެމްޑީޕީން ބުނީ އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވެރިކަން ބަދަލުވެގެންދިޔަ ހާދިސާއާބެހޭ ގޮތުން ބައިނަލް އަގުވާމީ މުޖުތަމައުއަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. މިއީ ވެރިކަން ބަދަލުވުމަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.