24 Mar 2012, 22:25
އޭއެޗް ބްރަދާސްގެ ގުދަނެއްގައި ހުރި އިސްކުރުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ވަޒީފާގައި ކުރިން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޭއެޗް ބްރަދާސްގެ ގުދަނުގައި ހުރި 500،000 ރުފިޔާގެ އަގުހުރި އެސްއެސް އިސްކުރު (ދަބަރު ނުޖަހާ އިސްކުރު) ކޭސްތަކެއް ވަގަށް ނަގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އެއްޗެހި ހޯދައިފައި ވަނީ ވިއްކާފައިވަނިކޮށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވައްކަމުގެ އެ މައްސަލައާ ގުޅިގެން ވ. ރަންދާނު، މުހައްމަދު އައިމަން 23، ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއި އޭއެޗް ބްރަދާސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު 10:30 ހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ގުދަނުން އިސްކުރު ފޮށިތައް ގެންގޮސްފައި ވަނީ އެކިފަހަރު މަތިން ކަމަށެވެ.