14 Jun 2022, 23:23
"މޯލްޑިވްސް ހެލްތު ސާވިސަސް" އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
"މޯލްޑިވްސް ހެލްތު ސާވިސަސް" އުފެއްދެވުމަށް ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކުގައެވެ.
ރައީސް މިގޮތަށް ނިންމަވާފައި މި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
"މޯލްޑިވްސް ހެލްތު ސާވިސަސް" އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއާ ދިނުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށެވެ.
މީގެ އިތުރުން ސިއްޙީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރުކުރުން ވެސް ހިމެނެއެވެ.