24 Mar 2012, 18:27
އެމްޑީޕީގެ ޝުއޫރުތައް ލަވައާއި ޅެމުން ބަހުން ހުށަހެޅުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފި
އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ހަވީރު ބޭއްވި މި ހަރަކާތުގައި އެމްޑީޕީގެ އަންހެނުންނާއި ފިރިހެނުން އެކުވެ، ޅެން ބަހުރުވައިން އެމްޑީޕީގެ ސިޔާސީ ޝުއޫރުތައް ހުށަހަޅައި ދިނެވެ.
އުސް ފަސްގަނޑުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އަވަސް އިންތިހާބެއް ބޭއްވުމަށާއި ރައީސް ޑރ. ވަހީދު ވެރިކަމުން ފައިބައިވަޑައިގަތުމަށް ބައެއް މީހުން ހުށަހެޅި ޅެންތަކުގައި ބުނެފައިވާއިރު ބައެއް ލަވަތަކުގައި ރައީސް ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔާ ހަދާފައިވެ އެވެ.
އިންސާފު ދަތުރުގެ ނަމުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް ގެންދަނީ އެކި ކަހަލަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އަދި އެމްޑީޕީގެ މިފަދަ ހަރަކާތްތަކުގައި އިސްކޮށް އުޅެމުންދަނީ އެމްޑީޕީ އަންހެނުންނެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ފެށި ފަހުން ޅެން ބަހުރުންވައިން ސިޔާސީ ހަރަކާތެއް ހިންގި ފުރަތަމަ ފަހަރެވެ.