މާފަންނު ގެއެއްގެ ތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 11:45 ކަންހާއިރު ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހެ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުޤީގު ކުރަމުންނެވެ.