24 Mar 2012, 14:26
މީގެ އެއް އަހަރު ކުރިން ޖަޕާނަށް އެރި ސުނާމީގައި އޮޔާ ދިޔަ މަސްބޯޓެއް ބްރިޓިޝް ކޮލަމްބިއާގެ އައްސޭރިން ފެނިއްޖެ އެވެ.
ކެނެޑާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނީ ފެނުނު ބޯޓްގައި ދަބަރު ޖަހާފައި ވުން ފިޔަވައި މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ޖަޕާނުގެ އެ މަސްބޯޓަކީ ސްނާމީއާ އެކު އުފެދުނު، ގެތަކާއި ކާރުތަކާއި އެނޫން ވެސް ބޮޑެތި ތަކެތި އެކުލެވޭ ކުނިފުންޏެއްގެ ތެރޭގައި އޮޔާ ދިޔަ ބޯޓެކެވެ. ކެނެޑާގެ ކަނޑުގެ ސިފައިންނަށް އެބޯޓް ފެނުނީ ބްރިޓިޝް ކޮލަމްބިއާގެ ކްއީން ޗާލޮޓް އައިލެންޑް ނަމަކަށް ކިޔާ ޖަޒީރާގެ ކައިރިންނެވެ.
ވެރިފަރާތް ހޯދީ އެ ބޯޓްގައި ޖަހާފައިވާ އައިޑެންޓިފިކޭޝަން ނަމްބަރު ކެނެޑާ ސިފައިން ކިޔައިދިނުމުންނެވެ. އަދި ޖަޕާނުގެ ކޯސްގާޑުން މިހާރު ވަނީ އެބޯޓްފެ ވެރިފަރާތް ހޯދައިފަ އެވެ.
ބޯވަދިލަމަހުގެ މަސްވެރިކަން ކުރާ އެބޯޓަކީ ސްނާމީ އައި އިރު ޖަޕާނުގެ ހޮޗިނޯހޭ ބަނދަރުގައި އަޅާފަ އޮތް ބޯޓެކެވެ.