13 Jun 2022, 13:05
ކުޑަކުދިންނަށް އުނގެނުމުގެ އެހީއެއްގެ ގޮތުން ތައްޔާރުކޮށްފައިވާ "ލިންގޯ ކިޑްސް" އެޕްގެ މެންބާޝިޕް ހޯދޭނެ ފަސޭހަ ގޮތްތަކެއް އެ އެޕްގެ ސަރަހައްދީ ޕާޓްނަރު ޕްލޭޑެންއިން ފަހިކޮށްދީފިއެވެ.
"ލިންގޯ ކިޑްސް"އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 40 މިލިއަނަށް ވުރެ ގިނަ ކުދިން ބޭނުންކުރަމުން އަންނަ އެޕެކެވެ. މި އެޕް މެދުވެރިކޮށް އުނގެނުމަށް އެހީވުމުގެ އިތުރުން، ތަފާތު ހުނަރުތައް ދަސްކޮށްދޭ ކުޅިވަރުތަކާއި ތަމްރީނު ހަރަކާތްތައް ހިމެނެއެވެ.
މިހާރު ވެސް އެ އެޕްގައި 700އަށް ވުރެ ގިނަ ތަފާތު ހަރަކާތްތައް ހިމެނެެއެވެ. މީގެ އިތުރުން، ކޮންމެ ހަފްތާއަކު އެ އެޕަށް އައު އެކްޓިވިޓީތައް އަންނަނީ އިތުރުކުރަމުންނެވެ.
މި އެޕް ފަރުމާކުރުމުގައި ހަރަކާތްތެރިވެފައިވަނީ ޓީޗަރުންގެ ބޯޑަކާއި، އޮކްސްފޯޑް ޔުނިވާސިޓީ ޕްރެސްއެވެ. މި އެޕްގައި ބެލެނިވެރިންނަށް ހާއްސަ ސަފްހާއެއް ވެސް ހިމަނާފައިވެއެވެ. އަދި އެޕްގައި އެއްވެސް ވަރަކަށް އިސްތިހާރު ހިމަނާފައެއް ނުވެއެވެ.
މި އެޕް މެދުވެރިކޮށް ކުދިން ކިޔެވުމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށްދިނުމާއި، އެ އެޕްގެ ހަރަކާތްތަކުގެ ތެރެއިން އަމިއްލަ ނަފްސަށް އޮންނަ އިތުބާރުބޮޑުވެ، ކަންކަން ތަޖުރިބާކުރުމަށް ޖެހިލުންވުން ކުޑަވާނެއެވެ.
މި އެޕް މެދުވެރިކޮށް ދަސްކުރެވޭ ބައެއް އަސާސީ ކަންކަން:
ނަންބަރުތައް، އޭބީސީ އަކުރުތައް، ލިޔުން، ކުލަޖެއްސުން، ބަހުގެ ގަވާއިދު އަދި ހިތުދަސްކުރުމުގެ ހުނަރު
- އިނގިރޭސި ބަސްތައް ކިޔުމާއި، އަޑުތައް އަދި ރާގު
- ކުލަ، ބައްޓަން އަދި ޖަނަވާރުތައް
- ކާބޯތަކެތި، ކެއްކުން އަދި ބަދިގެއާ ގުޅޭ ބަސްކޮށާރު
މި އެޕް މެދުވެރިކޮށް އުނގަންނައިދެވޭ ބައެއް މާއްދާތައް:
އިނގިރޭސި ބަހުގެ ހުނަރުތައް
- ސައިންސް، ޓެކްނޮލޮޖީ، އިންޖިނޭރިން އަދި ހިސާބު
- މިއުޒިކު އަދި އާޓް
- ސޯޝަލް އިމޯޝަނަލް ލާނިން
- ދިރިއުޅުމުގެ ހުނަރުތައް
- ތާރީހާއި ޖިއޮގްރަފީ
- ފިޒިކަލް އެކްޓިވިޓީ

ލިންގޯކިޑްސްގެ އަގުތައް
ދެ އަހަރާ އަށް އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ އެ އެޕް ޕްލޭޑެން އިން ވިއްކަނީ އަތްފޯރާފަށުގައެވެ. އެގޮތުން، ކަނޑައަޅާފައިވާ އަގުތަކަކީ:
ތިން މަހުގެ ޕްލޭން 385 ރުފިޔާ
- ހަ މަހުގެ ޕްލޭން 690 ރުފިޔާ
- 12 މަހުގެ ޕްލޭން 1070 ރުފިޔާ
މި އެޕްގެ މެންބާޝިޕް ނަގަން ބޭނުންވާނަމަ، ޕްލޭޑެންގެފޭސްބުކް ޕޭޖްނުވަތަ 7221166 ނަންބަރު ފޯނާ ގުޅައިގެން ވެސް އެކަން ކުރެވޭނެއެވެ.