11 Jun 2022, 17:15
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޚިތާނުކުރަން ނަންނޯޓުކުރުން އަންނަ ހަފްތާއިން ފެށިގެން ހުޅުވާލަނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި އަހަރު އެ ހޮސްޕިޓަލުން ޚިތާނު ކޮށްދޭން ހަމަޖެހިފައި ވަނީ 300 ކުދިންނެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޚިތާނު ކުރަން ނަންނޯޓް ކުރަން ހުޅުވައިލާނީ އަންނަ ބުދަ ދުވަހު ކަމަށެވެ. އަދި އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ނަން ނޯޓް ކުރުން ކުރިއަށް ދާނީ އޯޕީޑީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވިރު 4:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައިވާ ސާޖަރީ ކައުންޓަރުން،" އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ، އެޕޮއިންޓްމަންޓް ހަމަޖެހިގެން ދާނީ ނަންނޯޓް ކުރާ ތަރުތީބުން ކަމަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ މީހުން، ހެނދުނު 8:00 އިން ހަވިރު 4:00އާ ދެމެދު އައިޖީއެމްއެޗްގެ ސާޖަރީ ކައުންޓަރުގެ ނަންބަރު 3335300 އަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.