ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަބްފުﷲ ނިޔާފްގެ "ތުއްތު ދަރިފުޅު" ފޮތް މިއަދު ނެރެފިއެވެ.

އެ ފޮތް ނެރެދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދެވެ. އަލަށް އުފަންވާކުދިންނަށް އެސްޓީއޯއިން ހަދިޔާކުރާ ގިފްޓް ހެމްޕާ އާއެކު އެ ފޮތް ލިބޭނެއެވެ. މިއީ އެސްޓީއޯއިން ނެރުނު ފޮތެކެވެ.

"ތުއްތު ދަރިފުޅު" ފޮތް

މި ފޮތަކީ ތުއްތު ދަރިފުޅު ލިބުމަށްފަހު އެ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު އާންމުގޮތެއްގައި ދިމާވެދާނެ ކަންތައްތަކާއި، އަދި އެ ކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުވަށްޓަކައި ނެރުނު ފޮތެކެވެ.

މި ފޮތުގައި ކުޑަދަރިފުޅާމެދު ފުރަތަމަ 100 ދުވަހު އަމަލުތައް ބަހައްޓަންވީގޮތާއި ސިއްހީ ގޮތުން ކުރިމަތިވެދާނެ ކަންކަން ހިމާނާފައިވެއެވެ.

އެގޮތުން ތުއްތު ކުއްޖަކަށް ސިއްހީގޮތުން ކުރިމަތިވެދާނެ އާންމު ކަންކަމާއި ޑޮކްޓަރުގެ އެހީތެރިކަން ހޯދަންވީ ކޮން ވަގުތުތަކެއްގައި ކަމާއި، ތުއްތުކުދިންނަށް ދިމާވާ ބައެއް ކަންކަމަށް ގޭތެރޭގައި ދެވޭނެ ފަރުވާ އެ ފޮތުގައި ހިމަނާފައިވެއެވެ.