މި ދުވަސްވަރަކީ ޔުނިވާސިޓީތަކުގެ އިމްތިޙާނު ދުވަސްވަރުކަމުން ގިނަ އަދަދެއްގެ ދަރިވަރުން ގަދަ އަޅާ މަސައްކަތް ކުރަމުން ދާނީ ހުރިހާ މޮޑިއުލް އަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދޭތޯއެވެ.

ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ކުރުން އެންމެ މުހިންމު ކަމަކީ ތިމާއަށް އެކަން ކުރުމުގެ ގާބިލުކަން ލިބިފައިވާކަން ގަބޫލުކުރުމުވެ. އާންމު ގޮތެއްގައި ގިނަ ކުދިންނަށް ދިމާވާ މައްސަލައަކީ އެއް ފަހަރު ދަށް ނަތީޖާއެއް ލިބުމާއެކު އުންމީދު އެލުވާލާ، ރަނގަޅު ނަތީޖާއެއް ދެން ނުލިބޭނެކަމަށް ގަބޫލުކުރުމެވެ. އޭގެ ބަދަލުގައި އާ ހިތްވަރަކާއެކު "ޕޮޒިޓިވް މައިންޑްސެޓެއް"ގައި މަސައްކަތް ކުރުމަކީ މުހިންމުކަމެކެވެ.

އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ފިލާވަޅު ދަސްކުރަން ފެށުމުގެ ކުރިން އެންމެ ބޮޑަށް އޮޅުން އަރާ ފިލާވަޅުތައް ނޯޓު ކުރުމަކީ މުހިންމު ކަމެކެވެ. އެއަށްފަހު އޮޅުން އަރާ ސުވާލުތައް ޓީޗަރުގެ އެހީއާއެކު އޮޅުން ފިލުވުމަށްފަހު އަމިއްލައަށް އެ ފިލާވަޅު މުރާޖާކުރުން ރަނގަޅުވާނެއެވެ.

ކޮންމެ ދުވަހަކު ކިޔަވަން ބޭނުންވާ މާއްދާތަކާއި ދަސްކުރަން ޖެހޭ ފިލާވާޅުތައް ކަނޑައަޅާ ޓައިމްޓޭބަލްއެއް ހަދާށެވެ. ދުވާލަކު މަދުވެގެން އެއްގަޑިއިރު ނުވަތަ ތިން ގަޑި އިރު ކިޔެވުމަށް ހާއްސަކުރާށެވެ. ކޮންމެ ދުވަހަކު ކިޔަވަން ކަނޑައަޅާފައިވާ މާއްދާ ދަސްކުރުމަކީ މުހިންމު ކަމެކެވެ.

ކިޔަވަން ހާއްސަކުރެވިފައިވާ ވަގުތުގައި ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތަކުން ދުުރުހެލިވާށެވެ. އަދި އަޑުމަޑު މާހައުލެއްގައި ކިޔެވުމުން ދަސްކުރަން ފަސޭހަވާނެއެވެ.