24 Mar 2012, 02:56
ވޭން ރޫނީ ޖެހި ބޯޅައަކުން ޖެހި މެންޗެސްޓާގެ ސަޕޯޓްކުރާ ނުވަ އަހަރުގެ ކުއްޖެއްގެ އަތްބިންދައިގެން ދިއުމުން އެކަމާ އޭނާ މައާފަށް އެދިއްޖެ އެވެ.
ވުލްވުސް އަތުން މެންޗެސްޓާ 5-0 އިން މޮޅުވި މެޗު ފެށުމުގެ ކުރިން ޖެމީ ތޯމަސް ކިޔާ ކުއްޖާގެ އަތް ބިންދައިގެންދިޔައީ ރޫނީ އާއި ހާވިއާ ހަނާންޑޭޒް ވާމް އަޕްކުރުމުގެ ތެރޭގައި ގޯލަށް ޖެހި ބޯޅައަކުންނެވެ. އެވަގުތު ކައިރީގައި އިން އެ ކުއްޖާގެ ބައްޕަ ބުނީ އެވަގުތު ފަސްޓް އެއިޑް ދީގެން ރަނގަޅު ނުވުމުން އަތްބިނދުނުކަން އެނގުނީ ހޮސްޕިޓަލަށް ގެންދިއުމުން ކަމަށެވެ.
ޖެމީގެ ބައްޕަ އަދި ބުނީ ރޫނީ ގޯލަށް ޖެހި ބޯޅަތަކުގެ ތެރެއިން އޭނާގެ ދަރިފުޅުގެ އަތުގައި ޖެހުނީ ގޯލާ އަމާޒުނުކުރެވުނު ހަމައެކަނި ބޯޅަ ކަމަށެވެ.
މިކަމަށް މައާފަށް އެދެމުން ރޫނީ ބުނީ އޭނާގެ ސަބަބުން އެ ކުއްޖާގެ އަތް ބިންދައިގެން ދިއުމުން ކުލަބުގެ ފަރާތުން ހާއްސަ ސިޓީ އާއި އޭނާ ސޮއިކޮށްފައިވާ 10 ނަންބަރު ޖާޒީ އެއް އެ ކުއްޖާ އަށް ފޮނުވަން ނިންމައިފައިވާ ކަމަށެވެ.
ތިރީގައި މިވަނީ މި މަންޒަރު ޔޫޓިއުބުގައި އާއްމުކޮށްފައިވާތީ އެވީޑިއޯއާ ގުޅޭ ލިންކެވެ.
http://www.dailymail.co.uk/sport/football/article-2118713/Wayne-Rooney-says-sorry-fan-breaking-wrist-shot.html