އެސްޓީއޯއިން ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިއީ އާދާއިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓް އާއި އަޅާބަލާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށްކޮށްދޭ ކޮންކުރީޓެކެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން ސްއިޓެއް -- ފޮޓޯ/ އެސްޓީއޯ

މި ކޮންކްރީޓު އުފައްދާފައިވަނީ ދެވަނަފަހަރަށް ބޭނުންކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެންނެވެ. މިއުފެއްދުމަކީ އާދައިގެ ކޮންކްރީޓާއި ޚިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ ކޮންކްރީޓެކެވެ. އެގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ގްރީން ކޮންކްރީޓް ބޭނުން ކުރުމުގެ ސަބަބުން 10 އިންސައްތަައާއި 15 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ކާބަންޑަ އޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެއެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން ސްއިޓެއް --- ފޮޓޯ/އެސްޓީއޯ

މިއީ ކާބަން ނިއުރަލް ގައުމަކަށް ވުމަށް ރާއްޖެ މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި އެސްޓީއޯއިން ކުރިއަށް އެޅި މުހިއްމު ފިޅަވަޅެކެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ގްރީން ކޮންކްރީޓް ތައާރަފު ކޮށްފައިވަނީ 1998 ވަނަ އަހަރު ޑެންމާކްގައެވެ.