24 Mar 2012, 02:28
ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް ގަތުމަށް ބާސެލޯނާއިން 35 މިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ޕޯޗުގަލްގެ ބެންފީކާއިން ޗެލްސީ އަށް 21 މިލިއަނަށް ގެނައި ލުއިޒް އަކީ ބާސެލޯނާއިން ގަބޫލު ކުރާ ގޮތުގައި އެ ޓީމުގެ ކެޕްޓަން ކާލޮސް ޕުޔޯލްގެ މަގާމަށް އެންމެ އެކަށީގެންވާ ކުޅުންތެރިޔާ އެވެ. އަދި ބާސެލޯނާގެ ސްޓައިލާއި ލުއިޒްގެ ކުޅުމުގެ ސްޓައިލް ދިމާވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޕުޔޯލްއަށް ގިނަގިނައިން އަނިޔާވަމުންދާތީވެ ބާސެލޯނާގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އާޖެންޓީނާ މިޑްފީލްޑަރު ހާވިއާ މަޝެރާނޯ އަށް ފަހަތަށް ކުޅެން ގިނަގިނައިން އިރުޝާދުދީފަ އެވެ. ނަމަވެސް ކުޅުންތެރިޔާ މިކަމަށް އެހާ ނުރުހޭތީވެ މި އަންނަ ސީޒަނަށް ލުއިޒް ގަތުމަކީ ބާސެލޯނާގެ ވަރަށް ބޮޑު އަމާޒެކެވެ. ނަމަވެސް ޗެލްސީގެ ސަޕޯޓަރުންގެ ފާޑުކިއުން އަމާޒުވެފައިވާ ކުޅުންތެރިޔާ ވިއްކާލުމާއެކު އެ ކުލަބުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
2009 ވަނަ އަހަރުގެ ޕޯޗުގަލް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލުއިޒް ބާސެލޯނާ އަށް ކުޅެން ޝައުގުވެރިވާއިރު އޭނާ އަކީ ޗެލްސިގެ ކެޕްޓަން ޖޯން ޓެރީ އަށް ގިނަގިނައިން އަނިޔާވަމުންދާއިރު ޓިމުގެ ފަހަތުގެ އެންމެ މުހިންމު އެއް ތަނބެވެ.