އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައި ވެސް "އަޔާޓާ" އޮތޮރައިޒްޑް ކޯސްތައް ހިންގުމަށް ނިންމައިފިއެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާ ވަނީ "އަޔާޓާ" އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރަކަށް އެވިޑް ކޮލެޖު ހަމަޖެހުނުކަން، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އިއުލާނުކުރައްވާފައެވެ.

އެވިޑް ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވިގޮތުގައި "އަޔާޓާ"ގެ ތަމްރީން ކޯސްތައް ހުވަދު އޮތޮޅުގައި ހިންގުމަކީ އޭނާ ވަރަށް ކުރީއްސުރެވެސް ދެކެމުން އަންނަ ހުވަފެނެކެވެ.

އެކަން މިއަދު ހަޤީޤަތަކަށް ބަދަލުވެ އެވިޑް ކޮލެޖްގެ ނަން އަނެއްކާވެސް ރަންއަކުރުން ތާޜީހުގައި ފަވާލެވިއްޖެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގެ މާލޭ ކެމްޕަހާއި ތިނަދޫގައި ހުންނަ ކެމްޕަހުގައި "އަޔާޓާ" އޮތޮރައިޒްޑް 13 ޕްރޮގްރާމް ހިންގުމުގެ ހުއްދަ ވަނީ ދީފައެވެ.

އެވިޑް ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވާހަކަ ދައްކަވަނީ--- ފޮޓޯ/ އެވިޑް ކޮލެޖް

ތިނަދޫ ކެމްޕަހުގައި ހިންގާ "އަޔާޓާ" އޮތޮރައިޒްޑް ޕްރޮގްރާމްތައް

  • އެސިސްޓިން ޓްރެވެލަސް ވިތް ސްޕެޝަލް ނީޑްސް
  • އީ ކޮމާސް އިންދަ ޓްރެވެލް އިންޑަސްޓްރީ
  • ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތު އެމެޑަސް
  • ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތު ގެލެލިއޯ
  • ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތު ސޭބަރު
  • ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތު ސޭބަރ ފޯ ދަ ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ޓްރެއިނިން ޕްރޮގްރާމް
  • ފަަންޑަމެންޓަލް ސްކިލްސް އިން ޖާނީ ޕްރައިސިން އެންޑް ޓިކެޓިން
  • ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއާސް އެންޑް ޓިކެޓިން
  • އެމެޑަސް
  • ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއާސް އެނޑް ޓިކެޓިން ގެލެލިއޯ
  • ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއާސް އެނޑް ޓިކެޓިން
  • ސޭބާ
  • މެނޭޖިން ދަ ޓްރެވެކް ބިޒްނަސް
  • ސޯޝަލް މީޑިއާ ސްޓްރެޖީ ފޯ ދަ ޓްރެވެލް އިންޑަސްޓްރީ، އީ ލާނިން
  • ޓްރެވެލް އެންޑް ޓުއަރިޒަމް ކޮންސަލްޓެންޓް

އެވިޑް ކޮލެޖުން ބުނިގޮތުގައި އެކޮލެޖުން މިހާރު ދަނީ "އަޔާޓާ"ގެ ތަމްރީން ޕްރޮގްރާމްތައް ފެށުމަށްޓަކައި ކުރަންޖެހޭ ރަސްމީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރަމުންނެވެ.