މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު ދައުލަތުގެ ދަރަނި 98 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ޖުމްލަ ދަރަނީގެ އަދަދަށް 98.8 ބިލިއަން ރުފިޔާ އަރާފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅައި ބަލާއިރު ހަތަރު ބިލިއަން ރުފިޔާގެ ދަރަނީގެ އިތުރުވުމެކެވެ.

ބޭރު ޤައުމުތަކުން ނަގާފައިވާ ދަރަނީގެ ގޮތުގައި މިއަހަރުގެ މިއަދާ ހަމައަށް 46 ބިލިއަން ރުފިޔާ އަރާފައިވެއެވެ. މިދިޔަ އަހަރު ބޭރު ޤައުމުތަކުން ނަގާފައިވާ ދަރަނީގެ އަދަދަކީ 45 ބިލިއަނެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅައި ބަލާއިރު މިއީ އެއްބިލިއަން ދަރަނީގެ އިތުރުވުމެކެވެ.

އެތެރޭގެ ދަރަނިތައް މިދިޔަ އަހަރާ އަޅައިބަލާއިރު 7.8 ބިލިއަން ރުފިޔާ އިތުރެވެ.

މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖޭގެ ދަރަނި 9.6 ޕަސެންޓް މަތިވާނެ ކަމަށް ލަފާކޮށްފައިވެއެވެ.